ހދ. ކުމުންދޫއަށް ހިލަ ހިފައިގެން ދިޔަ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ)ގެ އެ ބާޖު ކުމުންދޫ ބަނދަރު ކަނޑިންމަ މައްޗައް އުރުނީ އިއްޔެ ހަވީރު އެވެ.

Ad
rt

ކުމުންދޫގައި އަލަށް ހަދާ ނެރަށް ބޭނުންވާ ހިލަ ހިފައިގެން ދިޔަ އެބާޖު އުރިފައިވަނީ، ނެރުގެ އެއްފަޅިއެއްގައެވެ. ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.

މި ހާދިސާ ހިނގީ މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ކަމަށް މަޢުލޫމާތު ލިބެއެވެ.

މީގެ ކުރިން ވެސް ކުމުންދޫ އަށް އުޅަނދުފަހަރު ވަނުމުގައި މިފަދަ ހާދިސާތައް ހިނގާފަވެއެވެ. އެގޮތުން މީގެ ތިންދުވަސް ކުރިންވެސް ނެރު މައްޗައް ޑިންގީއެއް ބަންޑުން ޖަހާލާފައިވެއވ. އަދި މި އަހަރުގެ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ވަނީ ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި އެރަށު ނެރު މައްޗަށް އުރިފައެވެ.

އެ ހާދިސާ ހިނގިއިރު ދޯނީގައި ފަނަރަވަރަކަށް މީހުން ތިބިއިރު، އޭގެތެރެއިން ހަތަރު ވަރަކަށް މީހުންނަށް ތަންތަން މަށައިގެންދިޔުން ފަދަ އަނިޔާތަށް ލިބި، އަދި ދޯނީގައި ހުރި ބައެއް މުދާ ވެސް އެ ސަރަހައްދަށް ގެއްލިފައިވެއެވެ.

އެ ރަށު ބަނދަރު ތަރައްގީ ކުރަން އެމްޓީސީސީއާ ހަވާލު ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. މި މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 300 މީޓަރުގެ ބޭރުތޮށި ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 332 މީޓަރުގެ އެއްގަމުތޮށި ލުމާއި މޫރިން ބޮއީސް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން 45،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 300 މީޓަރުގެ ބޭރުތޮށި ލުމާއި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 332 މީޓަރުގެ އެއްގަމުތޮށި ލުމާއި މޫރިން ބޮއީސް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މީގެ އިތުރުން މިހާރު ހުރި އެއްގަމުތޮށީގެ 154 މީޓަރުގެ ސަރަހައްދެއް މަރާމާތު ކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 120 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމާއި 5252.30 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމުގެ އިތުރުން 537.62 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެއެވެ.

މި މަޝްރޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 66.08 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭ ނިންމާ ގޮތަށެވެ.