ސްވިޑްން މީހަކު ކީރިތި ޤުރްއާނަށް ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަޟްޙާ ޢީދު ދުވަހާ ގުޅުވައިގެން ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ސްވިޑަންގައި ކީރިތި ޤުރުއާނަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Ad
rt

މިއީ ވަރަށް އިހާނެތި ޢަމަލެއް ކަމަށާއި މި ޢަމަލު ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުވުމަކީ ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ދީނީ އިހުސާސްތަކަށް ގެއްލުންދޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މި ބިރުވެރި ޢަމަލުތަކުގެ ސަބަބުން، ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ އުޞޫލުތައް ދެމެހެއްޓުމަށްޓަކައި އެންމެން ގުޅިގެން ކުރާ މަސައްކަތަށް ބުރޫއަރާ ކަމަށާއި އިސްލާމް ދީނާ ޚިލާފު މިފަދަ ހުތުރު ޢަމަލުތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.