އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ފެތުންތެރިންގެ ޓީމު އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ސްވިމިން އެސޯސިއޭޝަނން ބުނީ 11 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ޓީމުގައި އަންހެން 6 ފެތުންތެރިންނާއި ފިރިހެން 6 ފެތުންތެރިން ހިމެނޭ ކަމަށެވެ.
މަޑަގަސްކަރ ގައި މި މުބާރާތަށް ބޭއްވުމަށް ނިންމާފައިވަނީ މިއަހަރުގެ އޮގަސްޓް 25 ން ސެޕްޓެމްބަރ 3 އަށެވެ.
ރާއްޖެއިން ބައިވެރިވާ އަންހެން ފެތުންތެރިންގެ ތެރޭގައި ހިމެނެނީ މިރާލް ޢައިން ލަތީފް، ޙަމްނާ އަޙްމަދު، ޢީން އައްބާސް ޝަރީފް، ޙަނާން ޙުސައިން ޙަލީމް އަދި ޒައިނަބް ޢަބްދުﷲ ޝަފީޤް އާއި ޢައިޝަތު ސައުސަން އެވެ.
ފިރިހެން ޓީމުގައި ހިމެނެނީ މުޙައްމަދު ރިޙާން ޝިހާމް އާއި ޢަލީ އިމްޢާން އާއި އަޙްމަދު ނީޤް ނިޔާޒް އާއި މުބާލް ޢައްޒާމް އިބްރާޙީމް އަދި މުޙައްމަދު ޢާން ޙުސައިން އާއި މުޙައްމަދު ޖޫދު ފަޔާޒް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!