އައްޑޫ ސިޓީ ހުޅުމީދޫގައި އަމަން ނަގާލަން އުޅުމުން ހައްޔަރުކުރި މީހާ ދޫކޮށްލާފައި ހުއްޓާ މީހަކަށް މަރުގެ އިންޒާރު ދިންކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމީދޫ ތެރޭގައި އަމަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 44 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މި ޖޫން މަހުގެ 27 ވަނަ ދުވަހު ކަމަށެވެ.
އޭނާ އެދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް 24 ގަޑިއިރުފަހުން އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ މި ޖޫން މަހުގެ 28 ވަނަ ދުވަހު ކޯޓު އަމުރެއްފެ ދަށުން އަނެއްކާ ވެސް އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މިފަހަރު އޭނާ ހައްޔަރުކޮށްފައި ވަނީ މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!