ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާ ގުޅިގެން މިދިޔަ މެއި މަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސް ތިން އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.
މަގާމުން ދުރުކުރި ބޮޑުވަޒީރު އިމްރާންޚާން މިދިޔަ މަހު ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި ހައްޔަރު ކުރުމުން އޭނާގެ އެތައް ހާސް ސަޕޯޓަރުން ވަނީ އަސްކަރީ އިމާރާތްތަކަށް ގެއްލުން ދީ ހަމަނުޖެހުން ހިންގައިފަ އެވެ.. އެ މުޒާހަރާތަކުގައި މަދުވެގެން އަށް މީހަކު ވަނީ މަރުވެފަ އެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ އިސް ތިން އޮފިސަރަކު ވަކިކުރީ ސިފައިންގެ މުދާ ހިމާޔަތް ކުރުމުގައި އެ މީހުން ނާކާމިޔާބުވުމުން ކަމަށެވެ. އަދި އިތުރު 15 އޮފިޝަލަކަށް އަދަބު ދީފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުންޏެވެ.
އެ މައްސަލާގައި 5,000 މީހުން ކުރިން ހައްޔަރު ކުރި ނަމަވެސް ގިނަ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު 100 އަށް ވުރެ ގިނަ މީހުންގެ މައްޗަށް އަދިވެސް އަސްކަރީ ކޯޓުތަކުގައި ޝަރީއަތް ކުރިއަށް އެބަދެ އެވެ. އޭގެ ތެރޭގައި ސިފައިންގެ އިސް އޮފިސަރުންނާއި އެ މީހުންގެ އަނބިން ވެސް ހިމެނެ އެވެ.
މި ޝަރީއަތާ ދެކޮޅަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ތިން ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި އިމްރާން ޚާންގެ ޕީޓީއައި ޕާޓީން ވެސް ވަނީ ޕެޓިޝަނެއް ހުށަހަޅާފަ އެވެ.
އިމްރާން ހާން މަގާމުން ދުރުކުރީ އޭނާގެ އިތުބާރު ނެތްކަމަށް ފާސްކޮށްގެންނެވެ. އޭނާ ވަކިކުރުމުގެ އަޑީގައި އޮތްކަމުގެ ތުހުމަތު އޭނާގެ ސަޕޯޓަރުން އަޅުވަނީ އަސްކަރިއްޔާގެ ބޮލުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!