ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ކުންފުނީގެ އިދާރީ ބައިގައި މަސައްކަތް ކުރަމުން އަންނަ ހާއްސަ އެހީއަށް ބޭނުންވާ މަރިޔަމް މާހް ކީރިތި ގުރުއާން ހިތުދަސް ކޮށްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވިއަނުން ކުރި ޓްވީ ޓްގައި ބުނެފައިވަނީ

Ad
rt

އުފާވެރިދުވަހެއް.! އަޅުގަނޑުމެންގެ މުވައްޒަފު މަރިޔަމް މާހް ޤުރުއާން ހިތުދަސްކުރުމާއި ގުޅިގެން މަރުހަބާއާއި ތަހުނިޔާ އަރިސް ކުރަން.

މީގެ އިތުރުން އެފަރާތުންވަނީ މާހްގެ މިކާމިޔާބީ ފާހަގަކޮށް، ކުޑަ ހަފްލާއެއް ބާއްވައި މާހްއަށް ހިތްވަރުދީ މަރުހަބާ ކިޔައިފައެވެ.

މި ރަސްމިއްޔާތުގައި އައިލެންޑް އޭވިއޭޝަން މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޒްވީއާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނީފާ ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.