އިންޑިއާގެ މުމްބާއީގައި ހަދަމުންދާ ކޯސްޓަލް ރޯޑް މަޝްރޫއު ނިންމަންޖެހޭ ތާރީހަށް ނުނިމި އަދި މަޝްރޫއުގެ އަގަށް ވުރެ ބޮޑު އަދަދެއް ސަރުކާރުން ހޭދަކުރަން ޖެހިއްޖެ އެވެ.
އިންޑިއާގެ ބީއެމްސީ ކުންފުނިން ހަވާލުވި އެ މަޝްރޫއު ކުރިން ނިންމާ ގޮތަށް އޮތީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ނަމަވެސް މިހާރު އެ ކުންފުނިން ބުނެފައިވަނީ މަޝްރޫއު ނިންމޭނީ މިއަހަރުގެ ނިޔަލަށް ކަމަށެވެ.
އެ މަޝްރޫއު އަވަހަށް ނިންމުމަށްޓަކައި 226 ކްރޯޑް ރުޕީސް އިތުރަށް ސަރުކާރުން ދިން ނަމަވެސް މަޝްރޫއު ލަސްވުމުގެ ސަބަބުން ކޮންޓްރެކްޓަރު ޖޫރިމަނާކުރީ އެންމެ 31 ކްރޯޑުންނެވެ. ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާގެ 65 އިންސައްތަ މިހާރު ވަނީ ދީފައެވެ.
މި މަޝްރޫއު ތިން ފިޔަވައްސަކަށް ބަހާލާފައިވާއިރު އެންމެ ފުރަތަމަ ފިޔަވަހި ވެސް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅަށެވެ. ދެވަނަ ބައި އަންނަ އޮކްޓޫބަރު މަހު އަދި ތިން ވަނަ ބައި ނިމޭނީ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
އިންޑިއާގައި މަޝްރޫއުތައް އަވަހަށް ނިންމަން އިތުރަށް ހަރަދުކުރާ މިންވަރަށް ބަލާއިރު ނަގާ ޖޫރިމަނާ ވަރަށް ކުޑަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!