ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ފޭސް 1 ހިތިގަސްމަގު، ޕްލެޓިނަމް ކައިރީ ދެ ކާރު ޖެހި، އެތަނުން އެއްކާރު ކޮންޓްރޯލު ނުވެ، ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު ހަވީރު 5:47 ހާއިރު ލިބިފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެތަނުން އެކަކު ނިޔާވެފައިވާކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. އަދި ނިޔާވެފައިވަނީ އެތަނުން އެއްކާރު ދުއްވަން އިން ޑްރައިވަރު ކަމަށާއި އެކާރުގައި އެވަގުތު އިނީ އޭނާ އެކަނި ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފޮޓޯ: ކިއުންތެރިއެއް

ނިޔާވެފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި މި އެކްސިޑެންޓުގައި އަނިޔާވި އަނެއް ދެމީހުންނަކީ އެކްސިޑެންޓުވި އަނެއް ކާރުގައި ތިބި ދެމީހުން ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންދާ ކަމަށެވެ.