ރާއްޖޭގެ އެންމެ ބޮޑު އެއް އޮންލައިން މާކެޓްޕްލޭސް ކަމަށްވާ މޫލީ އިން ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިލެކްޓްރޯނިކްސް އަދި ގެޖެޓް ވިއްކާ އައިއެމް ޓެކްއާ ގުޅިއްޖެއެވެ.

މި ޕާޓްނަޝިޕަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ހެޔޮ އަގެއްގައި، ތަފާތު ވައްތަރުގެ އިލެކްޓްރޯނިކްސް އާއި ގެޖެޓް ފޯރުކޮށްދީ، ފަސޭހަކަމާއެކު އެތަކެތި ގަނެގެން ގެއާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް މޫލީން ބުނެއެވެ

Ad
rt

އައިއެމް ޓެކްއަކީ ޒަމާނީ ޓެކްނޮލޮޖީ އެންމެންނަށް ވެސް ތަޖުރިބާކުރެވޭނެ މަގުފަހިކޮށްދީ ބަޖެޓާ ރައްޓެހި އުފެއްދުންތަކާއި މަތީ ފަންތީގެ ޑިވައިސްތައް ހެޔޮ އަގުގައި ދިވެހިންނަށް ފޯރުކޮށްދޭ ވިޔަފާރިއެކެވެ. އައިއެމް ޓެކްގެ ޕްރޮޑްކްޓްތަކާއެކު މޫލީ މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ޓެކް ޑިވައިސްތައް ހެޔޮ އަގުގައި އެއްތަނަކުން ލިބެން ހުންނާނެއެވެ.

އައިއެމް ޓެކްއިން ތަފާތު ވައްތަރުގެ ސްމާޓްފޯނާއި ލެޕްޓޮޕާއި ގޭމިން ކޮންސޯލްތަކާއި ގޭތެރޭގެ ސާމާނު ފަދަ ތަކެތި ލިބެން ހުންނާނެެއެވެ. އެހެންކަމުން މިހާރު ކޮންމެތާކު ކޮންމެ ވަގުތެއްގައިވެސް އޮންލައިންކޮށް އެތަކެތި ބަލައި ކަމުދާ އަދި ބަޖެޓާ ރައްޓެހި ސާމާނު ގަތުމުން ގެއާހަމައަށް ޑެލިވަރީ ކުރެވޭނެއެވެ.

މޫލީއާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ކަސްޓަމަރުންނަށް ބޭނުންވާ ސާމާނެއް ސީދާ ގޭދޮށަށް ޑެލިވަރީ ކޮށްދިނުމުގެ ފަސޭހަކަން ލިބެއެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރުން ޑެލިވަރީގެ ދިގު ވަގުތުތަކުގައި ދިމާވާ ދަތިތައް ނައްތާލައި، ކަސްޓަމަރުންނަށް އިތުބާރު ހިފޭ އަދި ހަރުދަނާ ޝޮޕިން ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް މޫލީން ބުންޏެވެ.

މޫލީ އާއި އައިއެމް ޓެކްގެ ޕާޓްނާޝިޕްގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމުގެ މުހިންމުކަން ވެސް ފާހަގަކޮށްލެވެއެވެ. އެގޮތުން އިތުބާރު ކުރެވޭ މާޗަންޓެއްގެ ގޮތުގައި އައިއެމް ޓެކް ޕްރޮމޯޓްކޮށް މޫލީގެ އަމާޒަކީ ދިވެހި ވިޔަފާރިވެރިންނަށް ތާއީދުކޮށް، ލޯކަލް އިގްތިސާދު ކުރިއެރުވުމުގެ މުހިންމުކަމާ މެދު އާންމުންގެ މެދުގައި ރަނގަޅު ވިސްނުމެއް އުފެއްދުމެވެ.

ހެޔޮ އަގެއްގައި ލިބެން ހުރި އިލެކްޓްރޯނިކްސް އަދި ގެޖެޓްތައް ދެނެގަތުމަށް މޫލީގެ އައިއެމް ޓެކް ސްޓޯރަށް https://mool.ee/imtech ޒިޔާރާތްކޮށްގެން ބަލާލެވޭނެއެވެ.