މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައި، ނޭވާ ހާސްވި މީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މއ. ގުލާބީގޭގައި ކަމަށެވެ.
އެ ހާދިސާ ހިނގާފައިވަނީ އެ ގޭގެ 5 ވަނަ ފަންގިފިލާގައި ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބުނީި މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން އެ ގެއަށް ގޮސް ހަރަކާތްތެރިވާން ފަށައިފައިވާ ކަމަް ވެސް ވިދާޅުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ނޭވާ ލާން އުނދަގޫވެގެން 35 އަހަރުގެ އަންހެނަކު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް އެ އިދާރާ އިން އަދިހާމައެއް ނުކުރެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގައި އުނދުން ހަލާކުވެފައިވާ ކަމަށާއި ގޭގައި އަލިފާން ހިފާފައި ނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!