ރަސްފަންނާ ދިމާލުން މޫދުގައި ހޭނެތިފައި އޮތް މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ފުލުހުން ސަލާމަތްކޮށްފިއެވެ.
އޭނާ ސަލާމަތްކޮށްފައި ވަނީ ރަސްފަންނާ ދިމާލުން މޫދުގައި އޮޔާދަނިކޮށްނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ އޮޔާދަނިކޮށް ފެނުނީ ރަސްފަންނުގައި ތިބި ބަޔަކަށެވެ. އަދި އެއީ މަރުވެފައި އޮތް މީހެއް ކަމަށް ހީކޮށް، އައިޖީއެމްއެޗް ކައިރީގައި ހުންނަ ފުލުހުންގެ ކުޑަކުދިންގެ ޚިދުމަތްތަކާ ބެހޭ ޔުނިޓަށް ރިޕޯޓު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމީހާ އޮޔާ ދަނިކޮށް ނެގީ ފުލުހުންގެ ކުޑަކުދިންގެ ޚިދުމަތްތަކާއި ބެހޭ ޔުނިޓުގައި ތިބި ފުލުހުންނާއި މާފަންނު ޕޮލިސް ސްޓޭޝަން ގައި ތިބި ފުލުހުންގެ މަސައްކަތުން ކަމަށް މަންޒަރުދުށް މީހުން ބުނެއެވެ.
އެ މީހާ އޮތީ ރަސްފަންނުގެ އައިޖީއެމްއެޗާއި ވީ ދިމާލުން މޫދުގެ، ބޭރު ތޮއްޓާއި ކައިރީ ފެނު މަތީގައި އޮތް އެމީހާ ނަގަން މޫދަށް ފުއްމާލީ ފުލުސް އޮފިސަރުންތައް، ފުރަތަމަ އުޅުނީ ތޮށިމަތިން އޭނާ އަރުވާށެވެ. އެހެންނަމަވެސް އެކަން ނުވުމުން އޭނާ އެރުވީ އެ ވަގުތު އެތާ ކައިރިން ދިޔަ ޑިންގީއަކަށް ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
މިކަމާއި ގުޅިގެން ދިވެހި ފުލުހުން ޚިދުމަތުން ވިދާޅުވީ ރަސްފަންނާއި ދިމާލުން މޫދުގައި ހޭނެތިފައި އޮތް މީހަކު ފުލުހުންގެ އެހީތެރިކަމާއެކު ލޯންޗަކަށް ލައިގެން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. އަދި އެއީ 24 އަހަރު ދިވެހި ފިރިހެނެއް ކަމަށެވެ.
އެހެންނަމަވެސް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!