ރާއްޖޭގެ ހުރިހައި ރަށަކަށް ޒިޔާރަތްކުރުމުގެ އަމާޒުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ކެމްޕެއިން އަޟްހާ އީދަށްފަހު ފައްޓަވާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެ ޕާޓީން ބުނީ މި ދަތުރުތަކުގައި ރިޔާސީ އިންތިހާބަށް އެޕާޓީން އެކުލަވާލާ މެނިފެސްޓޯއަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، ރަށްރަށުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާއި ހަމައަށް ގެނެސް ދިނުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ރައީސްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކުރާނީ ވެސް އަޟްހާ އީދަށް ފަހު ކަމުގައި އެމްޑީޕީ އިން ބުނެއެވެ. އެހެންނަމަވެސް މި ހަރަކާތް ކުރިއަށް ގެންދާނެ ރަށެއް އަދި ނިންމާފައި ނުވާ ކަމަށް ބުނެއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު 9 ގައި ބާއްވާ ރިސާތީ އިންތިޚާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް ހާމަކުރައްވާފައިވަނީ ރައީސް ސާލިހުގެ އިތުރުން އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ޕީޕީއެމްގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރެވެ.

މީގެ އިތުރުން އެންމެފަހުން ވުޖޫދުވި "ދަ ޑިމޮކްރެޓްސް" އިން ވެސް ކެންޑިޑޭޓަކު ނެރޭނެކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއީ ކޮން ކެންޑިޑޭޓެއްކަން އަދިހާމައެއް ނުކުރެއެވެ.