އެމެޒޯން ޖަންގައްޔަށް ކުޑަ މަތިންދާބޯޓެއް ވެއްޓި ގެއްލުނު ހަތަރު ކުދިން 40 ދުވަސް ފަހުން ދިރިތިއްބާ ފެނިފައިވާ ކަމަށް ކޮލަމްބިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.
މި ބޯޓު ވެއްޓުުމުގެ ހާދިސާ ހިނގާފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ވަގުތެއްގައި ހަ ފަސިންޖަރުންނާއި ޕައިލެޓަކާއެކު ދަތުުރުކުރަނިކޮށް އިންޖީނު ފޭލްވުމުންނެވެ.
އެ ކުޑަ މަތިންދާބޯޓު ރާޑަރުން ވެއްޓި އޭގެ ކުޑައިރުކޮޅެއް ފަހުން ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ފެށި އެވެ. ބޯޓު ވެއްޓުނުތާ ދެ ހަފްތާ ފަހުން، މެއި މަހުގެ 16 ވަނަ ދުވަހު، ސާޗް ޓީމަކަށް ބޯޓު ފެނުނެވެ. ބޯޓުގައި ތިބި ބޮޑެތި ތިން މީހުން ފެނިފައިވީ ނަމަވެސް ކުޑަ ކުދިން އެއްވެސް ތަނަކުން ފެނިފައެއް ނުވެ އެވެ.
އެމީހުން ދިރިތިބިދާނެކަން ބެލެވޭާތީ ކޮލަމްބިއާގެ ސިފައިން ވަނީ 150 އެ ސަރަހައްދަށް ފޮނުވި އެެވެ. އުމުރުން 13، 9، 4 އަދި 11 އަހަރުގެ ހަތަރު ކުދިންގެ ގްރޫޕް ހޯދުމަށްފަހު
ހުކުރު ދުވަހު އަސްކަރިއްޔާއިން ވަނީ ސިފައިންނާއި ވޮލަންޓިއަރުންގެ ގްރޫޕަކުން އެކުދިންނާ އެކު ޕޯޒް ކުރާ ފޮޓޯތަކެއް ޓްވީޓްކޮށްފަ އެވެ.
“އަޅުގަނޑުމެންގެ މަސައްކަތުގެ ޔޫނިއަންގެ ސަބަބުން މިކަން ކުރެވުނީ” ކޮލަމްބިއާގެ އަސްކަރީ ކޮމާންޑުން ޓްވިޓާ އެކައުންޓުގައި ލިޔެފައިވެ އެވެ.
މި ހޯދުމުގެ ތެރޭގައި، ހެލިކޮޕްޓަރުތަކުގައި ތިބި ސިފައިން ކުރިން ވަނީ އެ ކުދިން ތިބޭނެ ކަަމަށް ލަފާކުރެެވޭ ތަންތަނަށް ކާބޯތަކެތީގެ ފޮށިތައް ވައްޓާލާފައެވެ.
މެއި މަހުގެ 18 ވަނަ ދުވަހު ކޮލަމްބިއާގެ ރައީސް ޕެޓްރޯ ވަނީ އެ ކުދިން ފެނިފައިވާ ކަމަށް ޓްވީޓެއްގައި ވިދާޅުވެފަ އެވެ. އެއަށްފަހު އޭނާ ވަނީ ސަރުކާރުގެ އިދާރާއަކުން ގޯސް މައުލޫމާތު ދީފައިވާ ކަމަށް ބުނެ އެ މެސެޖު ޑިލީޓްކޮށްފަ އެވެ.
ހަތަރު ކުދިންގެ ގްރޫޕުން ދަތުރުކުރަމުން ދިޔައީ އެމެޒޯންގެ އަރަރަކުއާރާ އަވަށުން އެމެޒޯންގެ އައްސޭރީގައި އޮންނަ ކުޑަ ސިޓީއެއް ކަމަށްވާ ސެން ހޯޒޭ ޑެލް ގުއަވިއާރޭ އަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!