އުރީދޫ މޯލްޑިވްސްއިން ޗުއްޓީއާ ދިމާކޮށް ހޮލިޑޭ ފިއެސްޓާ ގެ ނަމުގައި އެމް-ފައިސާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާއިރު އެކި އައުޓްލެޓްތަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހޮލިޑޭ ފިއެސްޓާ ޕްރޮމޯޝަންގެ މުއްދަތުގައި އެމް-ފައިސާ ޑިސްކައުންޓް ލިބޭ އައުޓްލެޓްތައް:
• ވީއާރް ކެފޭ - 10 އިންސައްތަ ޑިސްކައުންޓް
• ޖާޒިއާ - 5 އިންސައްތަ ޑިސްކައުންޓް
• ގޭމްރޫމް - 5 އިންސައްތަ ޑިސްކައުންޓް
• މީޓް ސްޓްރީޓް - 5 އިންސައްތަ ޑިސްކައުންޓް
• ހޮޓް ޑިޝް ކްލަބް - 5 އިންސައްތަ ޑިސްކައުންޓް
• ޕިއްޒާ ކިޗަން - 7 އިންސައްތަ ޑިސްކައުންޓް
• ސޮލައިޓް ރެސްޓޯރެންޓް - 5 އިންސައްތަ ޑިސްކައުންޓް
• ވައިޓަލް ކެއާ - 10 އިންސައްތަ ޑިސްކައުންޓް
• ހޯމްލޭންޑް - 5 އިންސައްތަ ޑިސްކައުންޓް
• ލެ ޗީޒް - 10 އިންސައްތަ ޕަސެންޓް ޑިސްކައުންޓް

އުރީދޫގެ އެމް-ފައިސާ އަކީ ކަސްޓަމަރުންނަށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުން، ޓްރާންސްފާ ކުރުމާއި ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް ރައްކާތެރިކަމާއެކު ފައިސާ ދައްކާލެވޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މި ޕްލެޓްފޯމުން ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ހިދުމަތްތަކަށާއި މީޑިއާނެޓް ފަދަ ގިނަ ހިދުމަތްތަކަށް ބިލް ދެއްކުމަށް އެހީތެރިކަން ފޯރުކޮށްދެއެވެ.

މީގެ އިތުރުން އެމް-ފައިސާ އިން ވަނީ އެކި ފައުންޑޭޝަންތަކާ ގުޅިގެން ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ.

އެމް-ފައިސާ ގެ ހިދުމަތް ބޭނުންކުރުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް އުރީދޫ އެޕް ޑައުންލޯޑް ކޮށް ފަސޭހަކަމާއެކު ރެޖިސްޓަ ކޮށްލެވޭނެއެވެ. އަދި ބީއެމްއެލް، އެސްބީއައި، އެމްއައިބީ ފަދަ ގިނަ ބޭންކްތަކާ ގުޅިގެން އެމް-ފައިސާ އިން ވަނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ޑިޖިޓަލް ވޮލެޓް ޓޮޕްއަޕް ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައެވެ.