ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.
އެސްޓީއޯއިން ރޭ ކުރި ޓުވީޓެއްގައި ބުނީ، ރޭ 12:00 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރަކުން 14 ލާރި އަދި ޑީސަލް ލިޓަރަކުން 63 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ.
މި ގެނައި ބަދަލާއެކު މިހާރު ޕެޓްރޯލް ލީޓަރެއް 14.73 ރުފިޔާއަށް ލިބޭނެއެވެ. އަދި ޑީސަލް ލޯޓަރެއް 15.07 ރުފިޔާއަށް ލިބޭނެއެވެ.
މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 15.14 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކީ 15.70 ރުފިޔާއަށެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގުހެޔޮ ކުރީ މިދިޔަ މަހުގެ ތެރޭގައެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން މިދިޔަ އަހަރުގެ ތެރޭގައި ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިގެންދިޔައެވެ. ނަމަވެސް މިހާރު ދުނިޔޭގެ ބާޒާރުގައިވެސް ތެލުގެ އަގު ހެޔޮވަމުންދާތީ ރާއްޖޭގައި ތެލުގެ އަގަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!