ސިނަމާލެ ބްރިޖާއި ލިންކް ރޯޑު ބޭނުން ކުރާފަރާތް ތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެވެ.

އެ އިދާރާ އިން ވިދާޅުވީ ބްރިޖް މަތިން ދަތުރު ކުރާ އިރު، ބުރުގާ އަޅާފަރާތްތަކުން ބުރުގާ ވަޔާ އެކު މޫނު މައްޗަށް ނުދާނޭ ހެން ބެހެއްޓުމަށް އެދޭ ކަމަށެވެ. އަދި ވިއްސާރަ ކޯޓު ބޭނުން ކުރައްވާ ފަރާތްތަކުން ވެސް ސަމާލުވުމަށް ވަނީ އެދިފައެވެ.

Ad
rt

އެގޮތުން ވަޔާއެކު ހަލާކު ވެގެން ގޮސް އެހެން މީހުންގެ މޫނު މަތީގައި ނޯޅޭނެ ފަދަ ރަނގަޅު ކޯޓެއް ބޭނުން ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން ވައި ގަދަވާ ގަޑިތަކުގައި އުޅަނދުތަކުގެ ސްޕީޑް ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި ހިފެހެއްޓުމަށް އިލްތިމާސްކޮށްފައި ވެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުން ދާތީ، ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.