ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓް 33 ބިލިއަން ޑޮލަރަށް ދުބާއީގައި ބިނާކުރަމުން އެބަ ގެންދެ އެވެ.
ދުބާއީގެ ޖެބެލް އަލީގައި ބިނާކުރާ އަލް މަކްތޫމް އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު ޖުމްލަ 14،000 ހެކްޓަރު ހުންނާނެ އެވެ. މިއީ މިހާރު ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓްތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ލޮސް އެންޖެލިސް އިންޓަނޭޝަނަލް އެއާޕޯޓާއި ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓަށް ވުރެ އެތައް ގުނައެއް ބޮޑު އެއާޕޯޓަކަށް ވެގެންދާނެ އެވެ.
33 ބިލިއަން ޑޮލަރުގެ މި މަޝްރޫއު މީގެ ދިހަ އަހަރު ކުރިން ފެށިއިރު މުޅި މަޝްރޫއު އެއްކޮށް ނިންމާލާނީ 2050 ވަނަ އަހަރު އެވެ. އޭރުން އަހަރަކު 255 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ. އެކަމަކު މި މަޝްރޫއު ފުރަތަމަ ފިޔަވަހި 2030 ވަނަ އަހަރު ނިންމާލެވޭނެ އެވެ.
ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓަކީ މިހާރު 2،900 ހެކްޓަރުގެ ބޮޑު އެއާޕޯޓެކެވެ. 2022 ވަނަ އަހަރު 66.1 މިލިއަން ފަސިންޖަރުންނަށް އެތަނުން ހިދުމަތް ދީފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!