ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.
މި މައްސަލަ މަޖިލީހަށް ވައްދާފައިވަނީ 54 މެންބަރުންގެ ސޮއި ކޮށްފައިވާ ގަރާރަކާއެކުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގަރާރުގައި އެމްޑީޕީގެ 50 މެމްބަރުންނާއި, ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުالله ޖާބިރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވެސް ވަނީ ސޮއި ކުރައްވާފައެެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ތިއްބެވި 87 މެންބަރުންނެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި ވޯޓުން ފާސްވެގެންނެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރުމަށް ވެސްް ވަނީ މަޖިލީހަށް ހުށަހަޅާފައެެވެ.
އީވާގެ އިތުބާރު ނެތްކަމަށް ނިންމަނީ "ދަ ޑިމޮކްރެޓްސް" އަށް އީވާ ސޮއިކުރައްވާފައިވާތީއެވެ.
އެހެންނަމަވެސް ނަޝީދު އަދި ވެސް ހުންނެވީ އެމްޑީޕީގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!