އިންޑިއާގެ އިރުމަތީ ސްޓޭޓް ބިހާރުގައި ކޯރު ހުރަސްކޮށް ހަދަމުންދާ ހަތަރު ލޭންގެ ކޮންކްރީޓް ބްރިޖެއް ދެވަނަ ފަހަރަށް ވެއްޓި، އެ ބްރިޖުގެ ފެންވަރާ މެދު އަނެއްކާވެސް ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ އާދިއްތަ ދުވަހު 3 ކިލޯމީޓަރު (1.8 މޭލު) ދިގު ބްރިޖް ވެއްޓުނުއިރު މިދިޔަ އަހަރު ވެސް މި ބްރިޖް ވެއްޓުނެވެ. އިންޑިއާ ރުޕީސްގެ 1,700 ކްރޯޑް ރުޕީސްގެ މި ބްރިޖް އިމާރާތް ކުރަން ފެށީ 2017 ވަނަ އަހަރު އެވެ.

Ad
rt

މިދިޔަ އަހަރު ބްރިޖް ވެއްޓުނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

ހޯމަ ދުވަހު ބިހާރުގެ ޗީފް މިނިސްޓަރު ނިތިޝް ކުމާރު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި, ކެނެޑާގެ ޑިޒައިން އެންޑް އިންޖިނިއަރިން ކުންފުނި މެކްއެލްހަނީ އިން ބުނީ ބްރިޖުގެ "ބައެއް ވެއްޓިފައިވާކަން" އެނގިފައިވާ ކަމަށާއި އެ ހާދިސާގެ އަސަރު ކުރި މީހުންގެ ސަލާމަތާއި ރަނގަޅުކަމާ މެދު "ފުންކޮށް ކަންބޮޑުވާ" ކަމަށެވެ.

އެ ކުންފުނިން "ކޮންމެ ތަހުގީގަކަށް އެއްބާރުލުން ދޭނެ" ކަމަށެވެ.

ބްރިޖް ހަދަމުން ދިޔަ އެސްޕީ ސިންގަލާ ކޮންސްޓްރަކްޝަންސްއިން ވެސް އަދި ވާހަކައެއް ނުދައްކަ އެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އިންޑިއާގައި އެތައް ބްރިޖެއް ވެއްޓިފައިވެ އެވެ.. މިދިޔަ އޮކްޓޯބަރު މަހު ގުޖުރާތުގެ މޮރްބީ ޓައުންގައި ސަސްޕެންޝަން ބްރިޖެއް ވެއްޓުމުން 135 މީހުން މަރުވެފައިވެ އެވެ.