ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއީ ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށް ވެސް ބުނެއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ކަމަށާއި އެއީ ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކަސްޓަމްސް އިން ބުނީ އެ ފަސިންޖަރަކާއި މެދު ޝައްކުކުރެވިގެން އޭނާއާ ސުވާލުކޮށް، ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަޙުލީލުކުރި ކަމަށެވެ. އަދި އެ މަރުހަލާގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން (heroin) އަށް ވަނީ ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!