ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު އިންސާނުން މާސްގައި ދިރިއުޅެން ރައްކާތެރި ނޫން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އިންސާނުން މާސްގައި ދިރިއުޅެން އުއްމީދުކުރާތާ އަހަރުތަކެއްވެއްޖެ އެވެ.

Ad
rt

ފަހަކަށް އައިސް އެލޮން މާސްކް ފަދަ މީހުން ފުރަތަމަ އެތަނަށް ދިއުމަށް މަސައްކަތް ކުރާއިރު ހީވަނީ އެކަން ފުދޭވަރަކަށް އަވަހަށް ވެދާނެހެން ހީވެ އެވެ.

އެކަމަކު ރެޑް ޕްލެނެޓް (މާސް) ގައި އިންސާނުންނަށް ދިރިއުޅެވޭނެ ކަމާބެހޭ ގޮތުން އެންމެ ފަހުން ކުރެވުނު އެއް ދިރާސާއިން ދައްކާ ގޮތުގައި އެއީ ހީކުރާހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ.

ޔެޕް، ޔޫސީއެލްއޭގެ ޓީމަކުން ކުރިއަށް ގެންދިޔަ ދިރާސާތަކުން މުހިއްމު ދެ ސުވާލަކަށް ޖަވާބު ހޯދުމަށް ބެލި އެވެ. ފުރަތަމަ ސުވާލަކީ ޕާޓިކަލް ރޭޑިއޭޝަންގެ އަސަރުން އިންސާނާގެ ފުރާނައަށް މާ ބޮޑު ނުރައްކަލެއް ކުރިމަތިވާނެތޯ އެވެ.

ދެވަނަ ކަމަކީ މާސްއަށް ކުރާ މިޝަނެއްގެ ވަގުތަކީ ޖައްވީ އުޅަނދުފަހަރާއި ޖައްވީ އުޅަނދު ރޭޑިއޭޝަނުން ރައްކާތެރިކުރެވޭނެތޯ އެވެ.

މި ދެ ސުވާލަށް ޖަވާބު ދިނުމަށް ސައިންސްވެރިން ވަނީ ސޯލާ ސައިކަލަކަށް ޕާޓިކަލް ރޭޑިއޭޝަންގެ ޖިއޮފިޒިކަލް މޮޑެލްތަކާއި އިންސާނުންގެ ފަސިންޖަރުންނާއި ޖައްވީ އުޅަނދަކަށް ވެސް ރޭޑިއޭޝަންގެ އަސަރު ކުރާނެ ގޮތުގެ މޮޑެލްތައް ބޭނުންކޮށްފަ އެވެ.

އެ މީހުންގެ ދެ ސުވާލުގެ ޖަވާބު ލިބުނީ ދެގޮތަކަށެވެ.

ސައިންސްވެރިންގެ ހިސާބުތަކަށް ބަލާއިރު، ޖައްވީ އުޅަނދުން މާސް އަށް ދެކޮޅު ދަތުރުގައި އެސްޓްރޮނޯޓުންނަށް އެކަށީގެންވާ ރައްކާތެރިކަމެއް ފޯރުކޮށްދޭން ޖެހެ އެވެ.

ނަމަވެސް ޖައްވީ އުޅަނދު އުފައްދާ ތަކެތި މާ ބޯނަމަ، ދެން ހަގީގަތުގައި ސެކަންޑަރީ ރޭޑިއޭޝަންގެ މިންވަރު އިތުރުވެދާނެ އެވެ. އަދި މިކަން ބިނާވެފައި އޮންނާނީ މިޝަންގެ ވަގުތަށް ވެސް ކަމަށް އެމީހުން ފާހަގަކުރި އެވެ.

ހިތާމަވެރި ޚަބަރަކީ ތަޖުރިބާކާރުން ލަފާދިން ގޮތުގައި އިންސާނުން މި ޕްލެނެޓަށް ކުރާ އެއްވެސް ދަތުރެއްގައި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ހޭދަ ނުކުރެވޭނެ އެވެ.

އެޑްވާންސިންގ އާރތް އެންޑް ސައިންސް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ދައްކާ ގޮތުގައި މިހިސާބުން ބޭރުގައި ރޭޑިއޭޝަންގެ މިންވަރު ރައްކާތެރި ނޫން މިންވަރަކަށް ވެގެންދެއެވެ.

އަހަރެމެންގެ ހިސާބުތަކުން ސާފުކޮށް އެނގޭ ގޮތުގައި އިންސާނާގެ ޖައްވީ ފްލައިޓެއް މާސްއަށް ފޮނުވާލުމަށް އެންމެ ރަނގަޅު ވަގުތަކީ ސޯލާ މެކްސިމަމް ދުވަސްވަރު، ސޯލާ އެނާޖެޓިކް ޕާޓިކަލްސް އިން ޝީލްޑް ކުރެވޭތީ" އެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި މާސްއަށް ޕޮޓެންޝަލް މިޝަނެއް ގާތްގަނޑަކަށް ހަތަރު އަހަރަށް ވުރެ ދިގުވެގެން ނުވާނެ."

"މި ދިރާސާއިން ދައްކާ ގޮތުގައި ޖައްވީ ރޭޑިއޭޝަނަކީ ހަރުކަށި ލިމިޓެޝަންތަކެއް ކަނޑައަޅާ އަދި އިންސާނުން މާސްއަށް ކުރާ މިޝަނަށް ދަތިތަކެއް ކުރިމަތިވާ ކަމެއް."