ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ކާރުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިއަދު ހަވީރު، 16:20 ހާއިރު ނިއްވާލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
’’މިހާދިސާގައި އެކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައި.’’ އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 16:09 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
މި ހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ހާދިސާ ހިނގި ސީނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ރޯވި ކާރުގައި ޑްރައިވަރާއެކު 3 މީހުން ތިބިއިރު، އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!