އަލިބާބާ ކުންފުނި ފަހަތަށް ޖައްސާލާ އަރަމްކޯ ރިކޯޑްފޮތަށް

247107BA-28B5-4E84-836D-A3B53755870C

ޢަރަބިއާގެ ޤައުމީ ތެޔޮ ކުންފުނި ކަމަށް ވާ އަރަމްކޯއިން ޙިއްސާ ވިއްކައިގެން ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ.

ސަޢުދީ ގެ ގައުމީ ތެޔޮ ކުންފުނިން ހިއްސާ ގަތުމަށް ހުޅުވާލި ފުރުޞަތުގައި އެކުންފުނީގެ 1.5 އިންސައްތަ ހިއްސާ ނުވަތަ 3 ބިލިއަން ޙިއްސާ ވިއްކާފައިވަނީ ޙިއްސާއެއް 32 ރިޔާލު ނުވަތަ 8.53 ޑޮލަރަށެވެ. އެ ރޭޓުގައި ހިއްސާ ވިއްކައިގެން އެކުންފުންޏަށް ވަނީ 25.6 ބިލިއަން ޑޮލަރު ލިބިފައެވެ. އެއާއެކު އެކުންފުނި ވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އިނީޝިއަލް ޕަބްލިކް އޮފަރިން ނުވަތަ އައިޕީއޯއަށެވެ.

މީގެ ކުރިން މި ރިކޯޑް ޗައިނާގެ އަލީބާބާ ކުންފުނީގެ އަތުގައި އޮތް އިރު އެފަރާތުން ހިއްސާ ވިއްކުމަށް 2014 ވަނަ އަހަރު ހުޅުވާލި ފުރުޞަތުގައި ހިއްސާ ވިއްކައިގެން 25 ބިލިއަން ޑޮލަރު ވަނީ ހޯދާފައެވެ.

މީގެ އިތުރުން ސައުދީގެ އަރަމްކޯއިން އެންމެ ބޮޑު އައިޕީއޯގެ ރެކޯޑް މުގުރާލާފައިވާއިރު، އެކުންފުނިން މިހާރު ވަނީ މަޝްހޫރު އެޕަލް ކުންފުނި ފަހަތަށް ޖައްސާލުމަށްފަހު ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ އެންމެ އަގުބޮޑު ކުންފުނީގެ ޝަރަފުވެސް ހޯދާފައެވެ. ހިއްސާ ވިއްކި ރޭޓަށް ބަލާނަމަ އަރަމްކޯގެ އަގަކީ 1.7 ޓްރިލިއަން ޑޮލަރެވެ. އެޕަލް ކުންފުނީގެ އަގަކީ 1.15 ޓްރިލިއަން ޑޮލަރެވެ.

އަރަމްކޯއިން ހިއްސާ ވިއްކުމަށް ނިންމާފައިވަނީ އެޤައުމުގެ ވަލީ އަހްދު މުހައްމަދު ބިން ސަލްމާންގެ ގެންގުޅުއްވާ ތެލަށް ބަރޯސާވުން ކުޑަކުރުމުގެ ޕްލޭންގެ ދަށުން ކަމަށާއި މި ޕްލޭންގެ ދަށުން ތެލުން ލިބޭ އާމްދަނީއަށް ބަރޯސާވުން ކުޑަކޮށް، އިތުރު ދާއިރާތަކުން އިންވެސްޓްކުރުމަށް އެކުންފުނިން ނިންމާފައިވާކަމަށް ހަބަރުތައް ބުނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *