ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 40 ރުފިޔާ ބަހަން ފާސްކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ބޭންކުގެ އަހަރީ އާންމު ޖަލްސާގައި މިގޮތަށް ފާސްކުރީ އެ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.
ބީއެމްއެލްއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 1.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ހިއްސާދާރުންނަށް 215 މިލިއަން ރުފިޔާ ބަހަން ނިންމާފައިވާ އިރު، ހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޑާ އެކު ހިއްސާއަކަށް 40 ރުފިޔާ ބަހަން ވަނީ ފާސްކޮށްފައެވެ.
ބީއެމްއެލުން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 48 ރުފިޔާއެވެ.
ހިއްސާދާރުންނަށް ބަހަން މިރޭ ފާސްކުރި އަދަދާ އެކު ބޭންކުގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 125 މިލިއަން ރުފިޔާ ލިބޭނެއެވެ.
We are pleased to confirm that shareholders have approved a total dividend payout of MVR 215 million (MVR 40 per share) at tonight’s Annual General Meeting. pic.twitter.com/QIreYW9yBY
— Bank of Maldives (@bankofmaldives) May 29, 2023
މީގެ އިތުރުން ޓެކްސްގެ ގޮތުގައި 500 މިލިއަން ރުފިޔާ ސަރުކާރަށް ލިބޭއިރު ޖުމްލަ އާމްދަނީގެ ގޮތުގައި ބޭންކުން ސަތުކެަށް 625 މިލިއަން ރުފިޔާ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!