އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ޚިތާނީ ކޭމްޕު މިއަހަރުވެސް އޮންނާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުް ބުނީ އެހެނިހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ޚިތާނު ކުރުމުގެ ހިދުމަތް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި 1 ޖޫން ވާ ބުރާސްފަތި ދުވަހުން ފެށިގެން ޚިތާނުކުރުމަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
ނަން ނޯޓް ކުރުން ކުރިއަށްދާނީ އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 8 ން މެންދުރުފަހު 2 ޖެހުމާއި ހަމަައަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާގައި ހުންނަ ސާރޖަރީ ކައުންޓަރުން ކަމަށް ވެސް ބުނެއެވެ.
އައިޖީއެމްއެޗުން ބުނީ ޚިތާނު ކުރުމަށް ހަމަޖެހިފައިވަނީ 405 ކަމަށާއި މި އަދަދު ހަމަވުމުން ނަންނޯޓުކުރުން ހުއްޓާލާނެ ކަމަށެވެ.
ޚިތާނު ކުރުން ކުރިއަށް ދާނީ 24 ޖޫން އިން ފެށިގެން 31 ޖުލައި ގެ ނިޔަލަށް ކަމަށާއި އެޕޮއިންޓްމެންޓް ހަމަޖެހިގެންދާނީ ނަންނޯޓުކުރާ ތަރުތީބުން ކަމަށް ވެސް ބުނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް އޯ.ޕީ.ޑީ ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 16:00 އާ ދެމެދު އެ ހޮސްޕިޓަލުގެ ސާރޖަރީ ކައުންޓަރު ނަންބަރު 3335300 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!