އެސްޓީއޯ އިން ކުރިއަށް ގެންދާ "އިޔާ އެންޑް ސޭލް" 50% ޑިސްކައުންޓް އާއި އެކު ފޯރިއާއި އެކު ކުރިޔަށް އެބަދެއެވެ.
އަގުހެޔޮ މުދަލާއެކު މި ސޭލް ފަށާފައިވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އަދި މި ސޭލް ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯގެ ހުރިހާ އައުޓްލެޓް ތަކެއްގައިވެސް މި ސޭލް އޮންނައިރު 50% އާ ހަމައަށް ޑިސްކައުންޓް ލިބެއެވެ. ވިޔަފާރިކޮށްގެން ގުރުއަތުން ހޮވޭ ތިން ފަރާތަކަށް އަގުހެޔޮ އިނާމްތަކެއްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެއް ވަނަ އިނާމަކަށް ދެމީހަކަށް ޗެންނާއިން ދެކޮޅު ޓިކެޓް ލިބޭ އިރު ދެ ވަނަ ފަރާތަކަށް އައިފޯން 11 އެއް ލިބޭނެއެވެ. އަދި ތިން ވަނަ އިނާމަކަށް ދެ މީހަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓާއި ހުރުން ލިބޭނެއެވެ. އެސްޓީއޯގެ އިނާމް ޕާޓްނަރެއްގެ ގޮތުގައި މޯލްޑިވިއަން ހިމެނެއެވެ.
STO Year End Sale, enjoy the offers till 31st Dec! pic.twitter.com/ojIkAybw89
— STO Home Improvement (@STO_HomeImp) November 21, 2019
އެސްޓީއޯގެ ތަރުޖަމާނު، އަބްދުﷲ މުހައްމަދު ވިދާޅުވީ، އަހަރު ނިމޭ ދުވަސްވަރު މި ސޭލް ބާއްވަނީ ގިނަ ބަޔަކު ޖެހިގެން އަންނަ އަހަރަށް ތަކެތި ބަދަލު ކުރަން ބޭނުންވާތީ، އަގުހެޔޮކޮށް މިފަދަ ތަކެތި ފޯރުކޮށްދިނުމަށެވެ. އަދި ހަމަ އެހެންމެ ޗުއްޓީ ދުވަސްވަރު ކަމުން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ވެސް މިއީ ރަނގަޅު ފުރުސަތަކަށް ވެގެންދާނެތީ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!