ކައިޒީން އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.

ބޯޓެެއްގެ މައްސަލާގައި ބައްޕައާ ދެކޮޅަށް ކައިޒީން ދައުވާކުރަނީ އޭނާގެ ފައިސާއިން ގަތް ބޯޓެއް އޭނާގެ ހުއްދަ ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކުރި ކަމަށް ބުނެ އެވެ.

Ad
rt

ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކޮށްދޭން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުމުން އެ ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނިންމީ އެގޮތަށް ހުކުމް ނުކުރެވޭނެ ކަމަށެވެ.

އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފް ކުރުމަށް ފަހު، އެ މައްސަލަ ހައި ކޯޓުން ނިމެންދެން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދުނެވެ.

ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ޣައިރު ހާޒިރުގައި ހުކުމް ކުރުމާ މެދު އެ ކޯޓުން ގޮތެއް ނިންމުމުގެ ކުރިން ސިވިލް ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފި ނަމަ އެ މައްސަލައިގެ ބޭނުން ކެނޑިގެން ހިނގައިދާނެ ކަމަށެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ޝަރީއަތް މަޑުޖައްސާލަން އެންގީ ކަމަށް އަމުރުގައިވެ އެވެ.

އެ މައްސަލަ ސިވިލް ކޯޓުގައި އޮތުމުން އެ ބޯޓުގެ ރަޖިސްޓްރީ އެހެން މީހެއްގެ ނަމަށް ބަދަލު ނުކުރުމަށާއި އަދި އެހެން ފަރާތަކަށް ވިއްކުން ފަދަ މުއާމަލާތެއް ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ އަމުރެއް ނެރެފަ އެވެ