އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަލްއުސްތާޒު އަހުމަދު މުއުތަސިމް އަދުނާން އައްޔަންކުރުމަށާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ހުސްނުއްސުއޫދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް މުއުތަސިމް އައްޔަން ކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓު ދެއްވިއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ސުއޫދު އައްޔަން ކުރަން 64 މެންބަރުން ވޯޓު ދެއްވިއިރު އެއް މެންބަރަކު އޭނާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

Ad
rt

މުއުތަސިމް އަދްނާނު ވަނީ މީގެ ކުރިންވެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުކަން ކުރައްވާފައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ގާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުން މުއުތަސިމް އަދުނާނާއި އޭރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަހުމަދު ފާއިޒުގެ ހުސައިން މަގާމު ގެއްލިގެންދިޔައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނުކުރެެއްވުމަށް ރައީސް ނަންފުޅު ފޮނުންވާފައިވާ ހުސްނުއްސުއޫދު މިހާރު ހުންނެވީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އެކުލަވާލި ކޮމިޝަންގެ ރައީސްގެ މަގާމުގައެވެ.