ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ރަސްމީކޮށް އިއްޔެ ހުޅުވައިފިއެވެ.
ނޭޝަނަލް އާޓް ގެލެރީގެ ޕާމަނަންޓް ކަލެކްޝަން ރަސްމީގޮތުން ހުޅުވައިދެއްވާފައި ވަނީ މިކަމަށްޓަކައި އިއްޔެ ހަވީރު ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ޙަފްލާއެއްގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ދެކަނބަލުންނެވެ.
ނޭޝަނަލް އާޓް ގެލެރީގެ ޕަރމަނަންޓް ކަލެކްޝަންގައި އެކިއެކި ދިވެހި ކުރެހުންތެރިންނާއި، ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ.
މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މިވަގުތު މަނަންޓް ކަލެކްޝަންގައި މައުރަޒުކުރެވިފައިވެއެވެ.
މީގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމަކާއި، ބޭރުގެ ބައެއް ޤައުމުތަކާއި އަދި ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައް ވެސް ހިމެނެއެވެ.
ސަރުކާރުން ވިދާޅުވިގޮތުގައި، ރާއްޖޭގެ ފުންނާބުއުސް އަދި ކުރިއަރަމުން އަންނަ ފަންނާނުންގެ ހުނަރުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް އިޝްތިހާރުކުރުމަށް މަގުފަހިކޮށްދިނުމަށް ގިނަ މަސައްކަތެއް ގެންދަވަނީ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!