ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީި މޮރޮކޯއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެމަނިކުފާނު މޮރޮކޯއަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ.

Ad
rt

މިއީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު “އިސްލާމް ދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން” ދެގަމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ކުރައްވާ ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިއީ ދެޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ބުނެއެވެ.

ޖޮއިންޓް ކޮމިޝަންގެ ފުތަރަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ރަބާތުގައެވެ.

މި ދަތުރުފުޅުގައި ޑެޕިއުޓީ މިނިސްޓަރ ޝާފިޢު ޢަލީ އާއި ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.