ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބޮޑު ދިދަ، ރާއްޖޭގައި މީހުން ދިރުއުޅޭ ހުރިހައި ރަށެއްގައި ނަގައިފިއެވެ.
މިއީ މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް ކަމަށް އެ ޕާޓީން ބުނެއެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ 'ރާއްޖެ ދަތުރު" ގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ ކަމަށެވެ.
އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް ހދ.ކުޅުދުއްފުށި ސިޓީގައި. #RaajjeDhathuru#Ibu2023 pic.twitter.com/fSTagmQslO
— MDP Secretariat (@MDPSecretariat) May 19, 2023
އެމްޑީޕީން ރާއްޖޭގެ ހުރިހައި ރަށަކަށް މިހާރު ކުރަމުންދާ ދަތުރުތަކާއި ގުޅޭގޮތުން އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެފައިވަނީ 400 އަށް ވުރެން ގިނަ މީހުން މާލެއިން އެކި ރަށްރަށަަށް ދަތުރުކޮށް، ކޮންމެ ރަށަކުން ވެސް އެ ޓީމުތަކާއި ޕާޓީގެ މެމްބަރުން ގުޅޭނެ ކަމަށެވެ. އަދި މިއީ މުޅި ޕާޓީގެ ބައިވެރިވުން ހިމެނޭ ހަރަކާތެއް ކަމަށެވެ.
އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް ހދ.ފިނޭގައި ކުރިއަށްދަނީ. #RaajjeDhathuru#Ibu2023 pic.twitter.com/GJivyCVFLo
— MDP Secretariat (@MDPSecretariat) May 19, 2023
މިއީ ޕާޓީއަށް މެމްބަރުން އިތުރުކޮށް، މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުމުގެ މަގުސަދުގައި ކުރާ ދަތުރެއް ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް ހއ.ކެލާ ގައި ކުރިއަށްދަނީ. #RaajjeDhathuru#Ibu2023 pic.twitter.com/VtOMroXxe2
— MDP Secretariat (@MDPSecretariat) May 19, 2023
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމާފައިވާއިރު، އެޕާޓީ ތެރޭގައި ވަނީ ބައިބައިވުން އުފެދިފައެވެ.
އެމްޑީޕީގެ ބޮޑު ދިދަ ނެގުމުގެ ހަރަކާތް ހއ.ހޯރަފުށީގައި ކުރިއަށްދަނީ. #RaajjeDhathuru#Ibu2023 pic.twitter.com/FcbMVLPQpx
— MDP Secretariat (@MDPSecretariat) May 19, 2023
އެގޮތުން އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ "ފިކުރެއްގެ ދިރުމުން" ނަމުގައި ވަކި ޖަމާއަތެއް އުފައްދަވާފައެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!