ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ދިވެހި ފެތުންތެރިން ހޮވައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނީ މި މުބާރާތް އޮންނާނީ ޖަޕާނުގެ ފުކުއޮކާގައި ކަމަށެވެ. އަދި މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ހަތަރު ފެތުންތެރިން މިހާރުހޮވާފައިވާ ކަމަށެވެ.

Ad
rt

މި ފެތުންތެރިން ހޮވާފައިވަނީ މިކަމަށްޓަކައި ބޭއްވި ޓްރަޔަލްގެ ނަތީޖާއަށް ބަލައިގެން ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރުމަށް ހޮވިފައިވަނީ 4 ފެތުންތެރިންނެވެ. އެއީ މިރާލް ޢައިން ލަޠީފް، ޙަމްނާ އަޙްމަދު، ޢަލީ އިމްޢާން އަދި މުޙައްމަދު ރިހާން ޝިޙާމް އެވެ.

ޖަޕާނުގެ ފުކުއޮކާގައި މި މުބާރާތް ކުރިއަށްދާނީ މިއަހަރުގެ ޖުލައި މަހުގެ 14 ން 30 ގެ ނިޔަލަށެވެ.