އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ އެ މަގާމުން ވަކިކޮށްފި އެވެ.
މުގުނީ ކުރި ޓުވީޓެއްގައި ރައީސް ސޯލިހަށް ވަގަށް ގޮވި މައްސަލާގައި މީގެ ދެ ދުވަސްކުރިން އޭނާ ވަނީ ރައީސް އޮފީހަށް ހާޒިރުކޮށް ނަސޭހަތްތެރިވެފަ އެވެ.
އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.
މުގުނީ މަގާމުން ވަކިކުރިކުރުމާ ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ކައުންސިލް ވަޓްސްއަޕް ގްރޫޕަށް މިއަދު 11:14 ގައި މުގުނީ ފޮނުއްވި މެސެޖެއްގައި އޭނާ އަށް އަދި އެގަން އަންގާފައި ނުވާކަމަށް ވިދާޅުވެފައިވާ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ.
މުގުނީ ސަރުކާރުގައި ހުންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. އޭނާ އަކީ ޖޭޕީގެ ލީޑަރުގެ އެޑްވައިޒަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!