'މެރުއާނާ' ގަސްތަކެއް ހެއްދި މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް ގަސް "މެރުއާނާ" ގަސް ހައްދައިގެން އުލެނިކޮށް ބަންދުކުރީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު ކަމަށެވެ.

Ad
rt

އުމުރުން 29 އަހަރުގެ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.

އޭނާ ބަންދުކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ ގަލޮޅުގެ ގެއެއް ކައިރީ މެރުއާނާ ގަހެއް ކަމަށް ތުހުމަތު ކުރެވޭ ގަހެއް ހުރުމުން ފުލުހުން އެގަސް ކައިރީ ތިއްބާ އެތަނަށް މީހަކު އައިސް އެއީ އޭނާގެ ގަހެއް ކަމަށް އެއްބަސްވި ކަމަށެވެ.

މީގެ އިތުރުން އެ ގަހަކީ އޭނާ ހެއްދި ގަހެއް ކަމަށް އެއްބަސްވި ކަމަށާއި ގޭގެ ބެލްކަނީގައި ވެސް މެރުއާނާ ގަސްތައް ހުންނާނެ ކަމަށް އޭނާ ބުނި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އޭނާ ކޯޓުގައި ފަހުން ބުނެފައިވަނީ ބަލައި ފާސްކުރަން އޭނާ ހުއްދަ ނުދޭ ކަމަށާއި ފުލުހުން ބާރުގެ ބޭނުންކުރި ކަމަށެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ފަނޑިޔާރު ވަނީ ޔާސިހު ހައްޔަރުކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ނިންމާފައެވެ.