ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލައިގާ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބިދާޅުވީ، އެ މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 22 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ. އަދި އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްފެ ދަށުން މި މެއި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.

Ad
rt

އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

މެމްބަރު ޒަރީރަށް ހަމަަލާދީފައިވަނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް މި މެއި މަހުގެ 1 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވިގޮތުގައި ޒަރީރަށް ހަމަލާދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވިދާނެ އެއްޗެއް ބޭނުން ކޮށްގެންނެވެ.

މި ހަމަލާއާ ގުޅިގެން ޒަރީރަށް ލިބުނު އަނިޔާއަށް އޭޑީކޭ ހޮސްޕިޓަލުގައި ވަނީ ފަރުވަ ހޯއްދަވާފައެވެ.