ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!