ތައިލޭންޑް ޕެރާ އިންޓަރނޭޝަނަލް ބެޑްމިންޓަން 2023 '' ގައި ވާދަކުރުމަށް، ރާއްޖޭގެ ޕެރާ ބެޑްމިންޓަންގެ ޓީމެއް ތައިލޭންގެ ބެންކޮކަށް މިއަދު ފުރައިފިއެވެ.

މި މުބާރާތަކީ މިމަހު 9 ން 14 ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މަހުގެ 8 ވަނަ ދުވަހު ކުޅުންތެރިންގެ ކްލަސިފިކޭޝަން ގައި ރާއްޖޭގެ ޕެރަ އެތުލީޓުން ބައިވެރިވާނެއެވެ.

Ad
rt

މިޓީމުގައި ހިމެނެނީ އެސްއެޗް6 ގެ ދެ ޕެރާ އެޓްލީޓުންނާއި އެސްއެލް ކެޓަގަރީގެ ދެ ކުޅުންތެރިންނެވެ.

އެގޮތުން އެސްއެޗް6 ގެ ކެޓަގަރީގައި ވާދަކުރަނީ ހައްވާ ޢީޝަލް ރިޔާޒާއި، އާއިޝާތު ނަޒާޙާ ޒަބީޙުވެ. އަދި އެސްއެލް ކެޓަގަރީގެ ވާދަ ކުރާ ދެ ކުޅުންތެރިންނަކީ އަބްދުލްލަތީފް މުޙައްމަދާއި އަޙުމަދު ފަޔާޒެވެ.

މި ޓީމުގެ ކޯޗު އަދި މެނޭޖަރެއްގެގޮތުގައި ވަޑައިގަންނަވާނީ ބެޑްމިންޓަން އެސޯސިއޭޝަނުން ޕެރަ ކޯޗިންނަށް އައްޔަންކުރައްވާފައިވާ އަޙުމަދު އިޔާދުއެވެ.

މި މުބާރާތުގައި މި އެތްލީޓުން ސިންގަލް އަދި ޑަބަލްސްގެ އިވެންޓްތަކުގައި ވާދަ ކުރާނެއެވެ.

މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީން ބުނީ މި މުބާރާތުގެ ބައިވެރިވުމުގެ މަޤްސަދަކީ 2024ގައި ފުރާންސްގެ ޕެރިހުގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ޕެރަލިމްޕިކް ގޭމްސްއަށް ކޮލިފައިވުމަށާއި ކްލެސިފައިވުމަށް ކޮންމެހެން ވެސް ބައިވެރިވާންޖެހޭ މުބާރާތަކަށް ވުމެވެ. އަދި މިފަދަ މުބާރާތްތަކުން ލިބޭ ޕޮއިންޓްތަކުން ޕެރިސް 2024 ގެ ފެރަލިމްޕިކް ގޭމްސްތަކަށް ކޮލިފައިވުމަށް މަގުފަހިކޮށްދިނުމެވެ.

މީގެކުރިންވެސް މި ކުޅުންތެރިން ވަނީ ބަޙްރެއިންގައި ޕެރާ ޔޫތް ގޭމުސްއާއި ދުބާއިގައި ބޭއްވުނު ފަޒާ ގޭމްސްގައި ރާއްޖެ ތަމްސީލުކޮށް ވާދަކޮށްފައެވެ.
އަދި 2019ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކްސް، އޭޝިޔާގެ ފަރާތުން ތައިލެންޑުގައި ބޭއްވި ޔުނިފައިޑް ބެޑްމިންޓަން މުބާރާތުގައި ޢަބްދުލް ލަތީފް މުޙައްމަދު ވަނީ ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފައެވެ.