ރާއްޖޭގައި "ރުކުގެ އާ ޖީލެއް" ބިނާކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިއްޔެ ފެއްޓެވި ޕްރޮގްރާމްގެ ދަށުން ހދ. ނޭކުރެންދޫގައި ރުއް އިންދައިފިއެވެ.

މި ޕްރޮގްރާމް އިއްޔެ ފަށާފައި ވަނީ ހދ. ވައިކަރަދޫގައެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

Ad
rt

ވައިކަރަދޫއަށް ފަހު އިއްޔެ ހަވީރު ނޭކުރެންދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި އެރަށުގައި ވެސް ރުއް އިންދަން ފައްޓަވައި ދެއްވީ ވަޒީރު، ޑރ. ހުސެން އެވެ. މި ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ޒުވާނުންނާއި، ދަނޑުވެރިންނާއި އަދި މުއައްސަސާތަކުން ބައިވެރިވިއެވެ.

"ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޕްރޮގްރާމް ވައިކަރަދޫގައި ފަށައިފި

ރުކުގެ އާ ޖީލެއް ރާއްޖޭގައި ބިނާކުރުމަށް ސަރުކާރުންހިންގާ ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ރުއް އިންދުމަށް ދަނޑުވެރިކަމާއިި ބެހޭ ވުޒާރާގެ ޓީމަކުން މިހާރު ބޮޑުތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ވައިކަރަދޫ، ނޭކުރެންދޫ، އުތީމު އަދި ހޯރަފުށީގައި ވެސް ރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގުމަށްޓަކައި މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު ނުވަތަ 4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓްގެ) ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ 5000 ރުއް ހޯދައިގެން ރާއްޖެ ގެނެސްފައިވާއިރު، މި ރުއް ތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާ އިން ވިދާޅުވެއެވެ.