ކައްދޫ އެއާޕޯޓް ކޮމްޕެނީ ލިމިޑެޓްގެ ޗެއާމަންކަމުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް (ރޓ) ޒަކަރިއްޔާ މަންސޫރު ހަމަޖައްސަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އިއްޔެ ބުނީ ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާމަންކަމުގެ މަގާމަށް ޒަކަރިއްޔާ އައްޔަންކޮށްފަައިވާ ކަމަށެވެ.

Ad
rt

ކައްދޫ އެއަޕޯޓް ކޮމްޕެނީ ލިމިޓެޑް އުފެދުމާއެކު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާއި ބޯޑް މެންބަރުކަން ވެސް އޭނާ ވަނީ ކުރައްވާފައިވާ ބޭފުޅެކެވެ.

ނެޝަނަލް ކައުންޓަރު ސެންޓަރުގެ ޑައިރެކްޓަރު ޖެނެރަލްގެ މަގާމުގައި ވެސް ހުންނެވި، ޒަކަރިއްޔާ އަކީ ގައުމީ ދިފާއީ ބާރުގައި 39 އަހަރު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޒަކަރިއްޔާ ވަނީ މާސްޓާ އޮފް އާޓްސް އިން ސްޓްރެޓެޖިކް ސެކިއުރިޓީ ސްޓަޑީސް ހާސިލުކުރައްވާފައެވެ.

މަދަނީ އެއާޕޯޓެއްގެ ގޮތުގައި ހިންގަމުން އައި ކައްދޫ އެއާޕޯޓް މިލިޓަރީ އެއާޕޯޓަކަށް ބަަދަލުކޮށް "އިސްކަންދަރު ވައިގެ ބަދަރު"ގެ ނަމުގައި އަލުން ހުޅުވީ 2016 ވަނަ އަހަރުގެ މޭއި މަހުގައެވެ. އެއަށްފަހު ކައްދޫ އެއަރޕޯޓް ހިންގަނީ އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުންނެވެ.