ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

Ad
rt

މު މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، 19,797.44 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށއ، 6,003.85 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ވަނީ ގާއިމް ކޮށްފައެވެ.

މީގެ އިތުރުން، ސާވިސް ލައިން އެޅުމާއި، މަގުބައްތި ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ވަނީ ފުރިހަމަ ކޮށްފައެވެ.

ދުވާފަރު މަގުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އެ ރަށުގެ މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ހަވާލު ކުރީ އެމްޓީސީސީއާ އެވެ. އެ ކުންފުނިން ވަނީ 2021 ވަނަ އަހަރު އެ މަސައްކަތް ނިންމާލާފައެވެ.

ދުވާފަރު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވައްސަކީ 40.20 މިލިއަން ރުފިޔާއަށް ސަރުކާރުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.