މާލެއިން ފުރައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ޚަބަރެއް ނުވެގެން ހޯދަމުން އަންނަކަމަށް ގައުމީ ދިފާއީ ބާރުން ހާމަކޮށްފިއެވެ.

އެ އިދާރާ އިން ބުނީ މާލެ އާއި ވ. އަތޮޅާއި މ. އަތޮޅާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓު ޚަބަރެއް ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަުން އަންނަކަމަށެވެ.

Ad
rt

"ސާވާރީ" ނަމަކަށް ކިޔާ އެ ބޯޓުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ވެސް ބުނެއެވެ.

މި ބޯޓު ދަތުރު ކުރަމުން ދިޔައީ ދެ ދިވެހީންނާއި ދެ ބިދޭސީން އެކުގައި ކަމަށް އެ އިދާރާ އަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުގެ ކަނެކްޝަން އެންމެފަހުން ލިބުނީ ރޭ މެންދަމު 1:30 ހާއިރު ކަމަށާއި ބޯޓު އޮތްކަމަށް އެންމެފަހުން މައުލޫމާތު ލިބުނީ ކ. ގުރައިދޫ ބޭރުން 10 މޭލު ދުރުގައި ކަމަށެވެ.

މި ބޯޓު ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ކުރަމުން އަންނަިއރު، މިދުވަސްކޮޅު، މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އަންނަނަީ އިލްތިމާސްކުރަމުންނެވެ.