ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، މިޢުވާން މުޙައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ މި ދަތުރުފުޅަކީ އެގައުމުގެ ރަސްކަމާ، ރަސްގެފާނު ޗާލްސް ތިނެއް ރަސްމީކޮށް ހަވާލުވެވަޑައިގަންނަވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Ad
rt

މި ރަސްމިއްޔާތު އޮންނާނީ މި މެއި މަހުގެ ހަވަނަ ދުވަހު އެވެ.

ރައީސް ގެ މިދަތުރުފުޅުގައި ކޮމަންވެލްތު ގައުމުތަކުގެ ލީޑަރުން ބައިވެރިވާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިޢުވާން ވަނީ ވިދާޅުވެފައެވެ.

ޕްރިންސް ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތީ އެމަނިކުފާނުގެ މަންމަ އެލިޒަބަތު ދެވަނަ މިދިޔަ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު އަށްވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ. ރާނީ އެލިޒަބަތުގެ ޖާނާޒާގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.