ގައުމީ ދާރުލްއާސާރު މަރާމާތުކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
އެކަމަށްޓަކައި ގައުމީ ދާރުލްއާސާރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނި ޑައިނޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މިކަމުގެ އެއްބަސްވުމުގައި ހެރިޓޭޖް މިނިސްޓަރުގެ ނާއިބު އަހްމަދުﷲ ޖަމީލު ސޮއި ކުރެއްވިއިރު، ޑައިނޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަލީއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބޭއެމްއެލް) ގެ ސީއެސްއާރްގެ ދަށުން ކުރިޔަށްގެންދާ މި މަސައްކަތަށް އެ ބޭންކުން ވަނީ އެހީގެ ގޮތުގައި ދެ މިލިއަން ރުފިޔާ ހަދިޔާާ ކޮށްފައެވެ.
އެހެންނަމަވެސް މި މަސައްކަތަަށް 2.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެހެންވެ، އިތުރަށް ހޭދަވާ ފައިސާ ހަރަދު ކުރަން ހަމަޖެހިފައިވަނީ ހެރިޓޭޖް ޓްރަސްޓް ފަންޑުންނެވެ.
މި މަޝްރޫއުގެ ދަށުން ދަށުން ގައުމީ ދާރުލްއާސާރުގެ ޝޯކޭސްތައް ތައްޔާރުކުރުމާއި މަލްޓިމީޑިއާ ރޫމް ސެޓްއަޕް ކުރުމާއި މިއުޒިއަމް ޑިސްޕްލޭ އޭރިއާ ތަކުގައި ފްލޯ ރަނާ އެޅުމާއި ފާރުގައި ކުލަލުމަށް ވަނީ ނިންމާފައެވެ. އަދި މަލްޓިމީޑިއާ ރޫމްގައި، ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހީންގެ ތާރީހާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަންތައް ދިނުމަށާއި، ދަރިވަރުންނަށް މައުލޫމާތު ސެޝަންތައް ހިންގުމަށް ފުރުސަތު އޮންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!