މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ބަޔަކު ހަމަލާ ދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗަކުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ޒަރީރަށް ހަމަލާދީ ޒަޚަމްކޮށްލާފައި ވަނީ ހޯމަދުވަހުގެ ފަތިހުގެ ވަގުތެއްގައި ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

Ad
rt

އިއްޔެ ފުލުހުން ފުރަތަމަ ވިދާޅުވިގޮތުގައި ޒަރީރަށް ހަމަލާދީފައި ވަނީ ތޫނު އެއްޗަކުންނެވެ. ނަމަވެސް ފަހުން ފުލުހުން ވިދާޅުވީ އެގޮތައް ދެންނެވުނީ ލިބުނު މައުލޫމާތުގެ ކުށަކުން ކަމަށެވެ. އަދި ޒަރީރަށް ހަމަލާ ދީފައި ވަނީ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބެލެވޭ އެއްޗަކުން ކަމަށް ވިދާޅުވެފަވެއެވެ.

މި ހަމަލާއާއިގުޅިގެން މެންބަރު ޒަރީރަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އޭނާ އަށް ލިބުނު އަނިޔާގެ ތަފުސީލެއް މިހާތަނަށް ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ފަތިހު 05:08 ހާއިރު އެވެ. އަދި މި މައްސަލަ ފުލުހުން ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.