ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަށައިފިއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މި އޭޕްރިލް މަހުގެ 30 ގެ ނިޔަލަށް ބާއްވާ މި ވޯކްޝޮޕަކީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ.
މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި މި ބައްދަލުވުމުގައި އެ ހޮސްޕިޓަލުގެ ހަތަރު ކާޑިއޮލޮޖިސްޓުން ވެސް ކިޔަވައިދިނުމުގައި ބައިވެރިވާނެ ކަމަށެވެ.
މީގެ އިތުރުން އިޓަލީގެ ޑރ. އިމާދު ޝައިބާން، ޖަރުމަނުގެ ޑރ. ޖެރަލްޑް ވާރނަރ، އިންޑިއާގެ ޑރ. ޕަރަތާޕް ކުމާރު އަދި ބަންގްލަދޭޝްގެ ޑރ. ޤުލާމް އަޒަމް ވެސް ބައިވެރިވާނެ ކަމަށް ބުނެއެވެ.
މި ބައްދަލުވުމަށް 30 އަށްވުރެ ގިނަ ރާއްޖެއިން ބޭރުގެ ކާޑިއޮލޮޖިސްޓުން ތަމްރީނު ހޯދުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.
މިއީ ފަސޭހައިން ނުހުޅުވޭގޮތަށް ބެދިފައިހުންނަ ހިތުގެ ހޮޅިތައް އެކިވައްތަރުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން އަދި ހިތުގެ ހޮޅީގެ އެތެރެއަށް ލައްވާ ސްކޭންކުރާ ކެމެރާތަކުގެ އެހީގައި ހުޅުވާނެގޮތްތައް ކިޔަވައިދިނުމުގެ މަގުސަދުގައި ބާއްވާ ވޯކްޝޮޕެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!