އީދު މަލާފަތް ނަމުގައި ސްޓެލްކޯ އިން ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއީ އީދު ދުވަހު ސުފުރާ މަތީގެ ފޮޓޯ ޕޯސްޓްކޮށްގެން ފައިސާގެ އިނާމް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެކެވެ.

Ad
rt

އެ ކުންފުނިން ބުނީ މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޕޯސްޓު ކުރާއިރު، #stelcoeidmalaafaiy ހޭޝްޓެގް ބޭނުން ކުރަންވާނެ ކަމަށެވެ.

އެ ޕޯސްޓް ޝެއަރ ކުރާ އިރު، ޕޯސްޓްކުރާ ފޮޓޯގެ ޕްރައިވެސީ ސެޓިންގ ހުންނަން ވާނީ "ޕަބްލިކް" ގައި ކަމަށާއި ފޮޓޯ ޕޯސްޓް ކުރެވޭނީ ފިތުރު އީދު ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ކަމަށް ވެސް ސްޓެލްކޯ އިން ބުނެއެވެ.

އެ ކުންފުނިން ބުނީ ވަނަ ދިނުމަށް ހަމަޖެހިފައިވަނީ ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ޝެއަރ އަދި ލައިކް ލިބޭ ޕޯސްޓެއް ބަލައިގެން ކަމަށާއި އެންމެ މަތިން ލައިކްސް އެންޑް ޝެއަރ ލިބޭ ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން 1 ވަނަ ލިބޭ ފަރާތަކަށް 5000 ރުފިޔާ، 2 ވަނަ އަށް 3000 ރުފިޔާ އަދި 3 ވަނައަށް 2000 ރުފިޔާ ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ބުނެއެވެ.