ޖެނުއަރީ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ފާސްކޮށްފި

B2DAC206-5D6C-4840-B3F7-241722CA4878

ޖެނުއަރީ މަހުން ފެށިގެން އާމްދަނީން ޓެކްސް ނަގަން ނިންމައި، އިންކަމް ޓެކްސްގެ ނެގުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ހުށަހެޅުއްވި ބިލު މުޅި މަޖިލިހުގެ ކޮމިޓީއަކުން ދިރާސާކޮށް ވިއްސަށް ވުރެ ގިނަ އިސްލާހު ހުށަހެޅި އެވެ. އަދި މަޖިލިހުން ބިލް ފާސްކުރީ މަޖިލިހުގެ ތަޅުމަށް ހުށަހެޅި އިސްލާހުތަކާ ވެސް އެކުގަ އެވެ.

ފަސްދޮޅަސް ހާސް ރުފިޔާއަށްވުރެ މަތިން އާމުދަނީ ލިބޭ މީހުންގެ އަތުން އިންކަމް ޓެކްސް ނަގާގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ 64 މެމްބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓުދެއްވީ 3 މެންބަރުންނެވެ. އެއްމެމްބަރަކު ވަކިކޮޅަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި މަހިބަދޫ ދާއިރާގެ މެންބަރު މުޙައްމަދު ތޯރިގް ޓޮމްގެ އިތުރުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރު ވޯޓް ދެއްވާފައެއް ނުވެއެވެ. ވޯޓް އަށްފަހު އާމިރު ބުނީ މިބިލަށް ވޯޓް ދެއްވިކަމަށާއި ވޯޓު ނުދެއްވާކަމަށް ސިސްޓަމްއިން ދައްކަނީ ސިސްޓަމްގެ މައްސަލަ އަކުން ކަމަށެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް އިންކަމް ޓެކްސްގެ ބިލް ހުށައެޅުއްވީ މަހަކު ސާޅިސް ހާސް ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޓެކްސް ނެގުމަށެވެ. ނަމަވެސް މިއަދު މަޖިލީހުން ފާސްކޮށްފައި ވަނީ ފަސްދޮޅަސް ހާސް ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުން ޓެކްސްނެގުމަށެވެ. މިގޮތަށް މި ބަދަލު ގެނައީ އެމްޑީޕީން ރައްޔިތުންނަށް ވީވަޢުދުގައި ބުނެފައި ވަނީ ޓެކްސް ނަގާނީ ފަސްދޮޅަސް ހާސްރުފިޔާއިން މަތިން އާމްދަނީ ލިބޭމީހުންގެ އަތުންކަމަށްވާތީ ކަމުގައި ބިލް ދިރާސާކުރެއްވި ކޮމިޓީގައި މެންބަރުން ވިދާޅުވެފައިވެއެވެ.

މަޖިލީހުން ގެނައި މި ބަދަލާއެކު އަންނަ އަހަރަށް ލިބޭނެކަމަށް ލަފާކުރާ އާމްދަނީ ދަށްވާނެކަމަށް ފިނޭންސް މިނިސްޓަރވެސް ވަނީބުނެފައެވެ.

އިންކަމްޓެކްސް ނުވަތަ ފަރުދުންގެ އާމްދަނީން ޓެކްސް ނެގުމަށް ސަރުކާރުން ހުށައެޅި ބިލްގައި ޓެކްސް ނަގަން ފަށާނެ އިންސައްތައަކީ 8 އިންސައްތަކަމަށް ބަޔާންކޮށްފައި ވީނަމަވެސް މަޖިލީހުން ވަނީ އެ ޢަދަދު 5.5 އިންސައްތައަށް ކުޑަކޮށްފައެވެ. މަޖިލީހުން ވަނީ ސަރުކާރުން ޓެކްސް ނަގަން ހުށައެޅި ބްރެކެޓްތަކަށްވެސް ބަދަލުގެނެސްފައެވެ.

އެ ބަދަލުތަކަކީ:
1 - 60000 އިން ދަށުގެ އާމްދަނީތަކަށް- %0
2 - 60000 އާއި 100،000 އާއި ދެމެދު - %5.5
3 - 100،000 އާއި 150،000 އާއި ދެމެދު - %8
4 - 150،000 އާއި 200،000 ދެމެދު - %12
5 - 200،000 އިން މަތީގެ އާމްދަނީތަކަށް - %15

ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފަށާނީ މިބިލް ތަސްދީޤު ކުރާތާ 3 މަސް ދުވަސް ފަހުންކަމަށް ބިލްގައި ބަޔާންކޮށްފައި ވެއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ޢާމްދަނީން ނަގާ ޓެކުހުން ދައުލަތަށް ގާތްގަނޑަކަށް 680 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެންމެ ބޮޑު އެއް އިސްލާހުގެ ގޮތުގައި ވަނީ މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން ޓެކްސް ނަގަން ވާނީ އަންނަ އޭޕްރީލް މަހުގެ އެކަކުން ފެށިގެން ކަމަށެވެ. އަދި ދެން ހުރި ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފަށަން ވާނީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް ވެސް އިސްލާހުގައިވެ އެވެ.

އެގޮތުން އޭޕްރީލް 1 އިން ފެށިގެން ނަގާނީ އުޖޫރަ އާއި ވިޔަފާރި އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ އާމްދަނީ އާއި ޑިވިޑެންޑާއި އިންޓަރެސްޓާއި އެނުއިޓީ އާއި ޕެންޝަން އަދި ރިޓަޔަމަންޓް ފައިދާއިންނާއި ބެނިފިޝަރީންނަށް ލިބޭ އާމްދަނީންނާއި ޓެކްނިކަލް ސާވިސް އާއި ކަމިޝަނާއި ރޮޔަލްޓީން ކަމަށް ވެސް އަލަށް އިސްލާހު ކުރި ބިލްގައި ވަނީ ބުނެފަ އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *