ރާއްޖެއިން ނައްތާލާފައިވާ 'މެލޭރިއާ' އަށް ބިދޭސީއަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މި ބަލި ރާއްޖޭގައި ފެތުރުމުގެ ރިސްކެއް ނެތް ކަމަށެވެ. އަދި މެލޭރިއާ ފަތުރާ މަދިރި ރާއްޖޭގައި ނޫޅޭ ކަމަށެވެ.

Ad
rt

"މިއީ އިމްޕޯޓެޑް ކޭސްއެއް. މި ބަލި ފެތުރުމުގެ އެއްވެސް ރިސްކެއް އަދިއެއް ނެތް." އެޗްޕީއޭ އިން ބުންޏެވެ.

އެހެން ގައުމުތަކުން އަންނަ ފަރާތްތަކުގެ ކިބައިން މެލޭރިއާގެ ކޭސްތައް ކުރިންވެސް ފެނިފައިވާ ކަމަށާއި އެފަދަ މީހުންނަކީ ވެކްސިން ފުރިހަމަ ނުކުރާ ގައުމުތަކުން އަންނަ މީހުން ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.

ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ގައުމަކީ ރާއްޖެއެވެ.

ރާއްޖެއިން މެލޭރިއާ ނައްތާލާ 2017 ވަނަ އަހަރު ރާއްޖެއަށް ވަނީ މެލޭރިއާ ފްރީ ސެޓްފިކެޓާއި ލަގަބު ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދީފައެވެ. އެއީ 1966 ވަނަ އަހަރުން ފެށިގެން ދިވެހި ސަރުކާރާއި ޑަބްލިއު އެޗް އޯ ގުޅިގެން ކުރަމުން އައި މަސައްކަތެކެވެ.