މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރީ މި މުބާރާތުގެ އަންހެން ޑިވިޜަންގެ ހުރައަށް ނިސްބަތްވާ ދެ ޓީމު ކަމުގައިވާ ޓީމް ބިއުޓީސް އާއި ޓީމް މަންފާއެވެ.
މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދާތީ، ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ފޯރިގަދަ އަދި ވާދަވެރި ކުޅުމެކެވެ.
ގައުމީ ޓީމުގެ ހަތަރު ކުޅުންތެރިން ފެނިގެން ދިޔަ މި މެޗު ތިން ސެޓް އެއްސެޓުން ކާމިޔާބު ކުރީ ގައުމީ ޓީމުގެ ކެޕްޓަން ޙައްވާ ރާޝިދާ އާއި ޝަހާ ޝާމިން ހިމެނޭ ޓީމް ބިއުޓީސް އެވެ.
މިމެޗް ބިއުޓީސްއިން ކާމިޔާބު ކުރީ، ފުރަތަމަ ސެޓް ވަރަށް ފަސޭހަ ކަމާއެކު 17/25 އިން ޓީމް މަންފާ ގެންގޮސްފައި ވަނިކޮށް ފަހަތުން އަރާ ތިންސެޓް ކާމިޔާބު ކޮށްގެންނެވެ.
ސެޓުތައް ގެންގޮސްފައިވަނީ 23/25 ،16/25 ،15/25 ،25/17 އިންނެވެ.
ރޭގެ މެޗްގައި ރާއްޖޭގެ އަންހެން ވޮލީ ޓީމްގެ ދެކުޅުން ތެރިން ކަމުގައިވާ، ޓީމް މަންފާއަށް ކުޅެމުން އަންނަ މާޖިދާ (މާޖީ) އަދި އަޒުމާ (އަޒޫ) ކުޅުން ފާހަގަ ކޮށްލެވުނެވެ.
ނަމަވެސް ކެޕްޓަން ހައްވަގެ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިޔާ ޝަހާގެ އެޓޭކް ތަކުން ޓީމް ބިއުޓީސް އިން މެޗް ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރިއެވެ.
ފޯރިގަދަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރާއްޖޭގެ އަންހެން ގައުމީޓީމްގެ ޒުވާން ކުޅުންތެރިޔާ ޓީމް ބިއުޓީސްގެ ޖާރޒީ ނަންބަރ 11 ޝަހާ ޝާމިން އެވެ.

ފޯރިގަދަ މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ރާއްޖޭގެ އަންހެން ގައުމީޓީމްގެ ޒުވާން ކުޅުންތެރިޔާ ޓީމް ބިއުޓީސްގެ ޖާރޒީ ނަންބަރ 11 ޝަހާ ޝާމިން އެވެ.
މި މުބާރާތުގައި މިރޭ ވެސް މެޗެއް ކުޅޭނެއެވެ. ފިރިހެން ޑިވިޜަންގެ މި މި މެޗުގައި ބައްދަލު ކުރާނީ ހުރާގެ ދެ ޓީމު ކަމުގައިވާ ތަންޑަރ ބޯލްޓާއި އާއި ޓީމް މަންފާއެވެ.
މި މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލް ޔަޤީންވާއިރު، ބަލިވާ ބަޔަކަށް މުބާރާތުން ކުރިޔަށްދިޔުމުގެ ފުރުޞަތު ގެއްލޭނެއެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ މިރޭގެ މެޗުވެސް ފަށާނީ 9:30 ގައެވެ.
މިމެޗު އެމް.އޭ.ކަޕް ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!