ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކޮށްފައިވާ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން ބުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ފިޔަވައި ޝަރުތުރު ހަމަވާ 5 ޕާޓީއަށް ފައިސާ ދޫކުރުމަށް އެދިފައިވާ ކަމަށެވެ. އެމްއެންޕީ އަށް ފައިސާ ދޫކުރަން ފޮނުވިފައި ނުވަނީ ބައެއް މައުލޫމާތުތައް ފުރިހަމަ ނުވާތީ ކަމަށް އީސީ އިން ބުނެއެވެ.

Ad
rt

އެހެންނަމަވެސް އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.

ސިޔާސީ ޕާޓީތައް ހިންގުމަށް، މިއަހަރުގެ ބަޖެޓުން 36,896,088.00 (ތިރީސް ހަމިލިއަން އަށްސަތޭކަ ނުވަދިހަ ހަހާސް އަށްޑިހަ އަށް) ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

މިއަހަރުގެ ބަޖެޓުން ފައިސާ ދޫކުރާ ޕާޓީތަކާއި ފައިސާގެ ޢަދަދު:

* މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ): 14،212،790.92
* ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް): 9،544،204.46
* ޖުމްހޫރީ ޕާޓީ(ޖޭޕީ): 5،680،521.16
* މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް(އެމްޑީއޭ): 2،591،106.24
* މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ): 2،434،979.29
* އަދާލަތު ޕާޓީ: 2،412،485.93

މެމްބަރުންގެ ޢަދަދަށް ބަލައިގެން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަމުން އަންނައިރު، އިލެކްޝަންސް ކޮމިޝަނާއި ބައެއް ޕާޓީތަކުން ވެސް ބުނެފައިވަނީ، މެމްބަރުންގެ އަދަދަށްވުރެ ޕާޓީތަކުން ބައިވެރިވާ އިންތިޚާބުތަކާއި، ލިބޭ ކާމިޔާބީގެ މައްޗަށް ބިނާކޮށް ޕާޓީތަކަށް ފައިސާ ދޫކުރުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

އެހެންނަމަވެސް ގާނޫނުގައި މިހާރު އޮތްގޮތުން 10،000 މެންބަރުން ހަމަވާ ކޮންމެ ޕާޓީއަކަށް ފައިސާ ދޫކުރެއެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރަންޖެހެއެވެ. މިޢަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.